ކޮމިޓްމަންޓް
މަރުކަޒީ އަދި އިންޓަގްރޭޓެޑް އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމްތައް ތަރައްގީކުރުން
ސޯސް
އެސްއޭޕީ
ރިފަރަންސް
ސަބްސެކްޝަން 5.5، ޕޮލިސީ 2
އަދާހަމަކުރެވުނު ތާރީހް
25 އޯގަސް 2022
0
ނޮޓް ރިއަލައިޒްޑް
މެކަނިސްމް ފޯ ރިއަލައިޒޭޝަން
މި އަމަލު ތަންފީޒުކުރުމަށް އިސްކޮށް ހަރަކާތްތެރިވުމަށް ނޭޝަނަލް ޑޭޓާ ސެންޓަރެއް އެކުލަވާލުމަށް ރާވާފައި އޮތެވެ. ނަމަވެސް އެފަދަ މުއައްސަސާއެއް އުފެދިފައި ނުވާތީ މި އަމަލުގެ ޑިފެކްޓޯ ލީޑް އިމްޕްލިމެންޓިން އެޖެންސީގެ ގޮތުގައި ފާހަގަކުރެވިފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ (އެމްއޯއީސީސީޓީ)އެވެ. މިނިސްޓްރީން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަރުކާރުގެ އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ އިތުރަށް ފުރިހަމަ ވާޝަނެއްގެ މަސައްކަތް ކުރަމުންދާކަމަށާއި، ސަރުކާރުގެ މުއައްސަސާތަކުން އުފައްދާ ޑޭޓާސެޓްތަށް ފަސޭހައިން އެކްސެސް ދެވޭނެ އިންތިޒާމުތައް ރޭވުމަށް "ސަރުކާރުގެ ޓެކް ސްޓެކެއް" އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ބަޖެޓް
-
25%
ރިއަލައިޒޭޝަން
އޭ.ޑީ.އެމްއިން ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމަށް މައުލޫމާތު ހާމަކުރާ މިންވަރު ދެނެގަތުމަށް ހިންގި އާރް.ޓީ.އައި 37 މަޝްރޫއުގެ ރިޕޯޓު

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) 2019 – 2023 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިސްކަންދޭ ފަސް ދާއިރާއަކުން ތަފްސީލީ ތަރައްގީގެ އެޖެންޑާއެއް ހިމަނާފައިވެ އެވެ. އިސްކަންދޭ ކޮންމެ ދާއިރާއެއްގައި ތަންފީޒުކުރާ އިދާރާތަކުގެ ލިސްޓެއްގެ އިތުރުން ޓާގެޓްތަކާއި ސްޓްރެޓެޖީތަކާއި ފިޔަވަޅުތަކާއި އެކަންކަން ތަންފީޒުކުރަން ރާވާ އަހަރުތަކުގެ ތަފުސީލު ހިމެނެއެވެ.
ސަބްސެކްޝަން 5.5: މިނިވަން މުއައްސަސާތަކާއި ޕަބްލިކް ސާވިސް އިސްލާހުކުރުމުގައި މަސައްކަތް ކުރަނީ މިނިވަން މުއައްސަސާތަކަށް ޖަވާބުދާރީވުމުގެ އޮނިގަނޑެއް ތަންފީޒުކުރުމަށެވެ. މި މާއްދާގައި ހިމެނޭ އަމަލުތަކަކީ، ހިއުމަން ރިސޯސް ކެޕޭސިޓީ އިތުރުކުރުމާއި، ޓެކްނޮލޮޖީ ބޭނުންކުރުމާއި، މެނޭޖްމަންޓް ވަސީލަތްތައް މެދުވެރިކޮށް ޤާނޫނީ ބަދަލުތަކާއި، ހުށަހެޅުންތަކުގެ އިތުރުން ސިވިލް ސާވިސް އިސްލާހުކުރުމާ ގުޅޭ ކަންކަމެވެ. މި މާއްދާގެ ދަށުން ޒަމާނީ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނިޒާމެއް އުފެއްދުމުގެ ސިޔާސަތުގެ ދަށުން ހިންގަން ރާވާފައިވާ ބައެއް ކަންތައްތައް މޮނިޓަރ ކުރެވުނެވެ.
ދައުލަތުގެ ތެރޭގައި ޕްލޭނިންގ، މޮނިޓަރިންގ އަދި ޑޭޓާ/ސްޓެޓިސްޓިކްސް މެނޭޖްމަންޓް ހަރުދަނާކުރުމުގެ ސްޓްރެޓެޖީ 2.2 ގެ ދަށުން އެކްޝަން 2.2ޑީ އަކީ މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތަށް މަރުކަޒީ އަދި އިންޓަގްރޭޓެޑް އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމްތައް ތަރައްގީކުރުމެވެ. މި ފިޔަވަޅު 2020 – 2023 އާ ދެމެދު ނިންމުމަށް ވަނީ ރާވާފައެވެ.