Commitment
ދައުލަތުގެ އިދާރާތަކުގެ ދައުރާއި، މަސްއޫލިއްޔަތުތަކާއި، އޮނިގަނޑާއި، ވާޖުބުތައް އަމިއްލަ އިސްނެގުމަށް ހާމަކުރުން
Source
އާރުޓީއައި އެކްޓް
Reference
37 ވަނާ މާއްދާގެ (ހ)
Date Updated
30 ޖެނުއަ 2023
0
ޕާޝަލީ ރިއަލައިޒްޑް
Mechanism for Realization
މަދުވެގެން އަހަރަކު އެއްފަހަރު އިދާރާގެ ވެބްސައިޓުގައި ނުވަތަ އަހަރީ ރިޕޯޓުގައި ޝާއިއުކުރުން
Budget
-
77%
Realization
އޭ.ޑީ.އެމްއިން ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމަށް މައުލޫމާތު ހާމަކުރާ މިންވަރު ދެނެގަތުމަށް ހިންގި އާރް.ޓީ.އައި 37 މަޝްރޫއުގެ ރިޕޯޓު

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 37 ވަނާ މާއްދާގެ ދަށުން ދައުލަތުގެ އެންމެހާ އިދާރާތަކުންވެސް މަދުވެގެން އަހަރަކު އެއްފަހަރު އަމިއްލަ އިސްނެގުމަށް ހާމަކުރަން މައުލޫމާތުތަކެއް ހުރެއެވެ. މިގޮތުން މި މާއްދާގެ (ހ)ގެ ދަށުން ހާމަކުރަން ލާޒިމުކުރަނީ އިދާރާގެ ދައުރާއި، މަސްއޫލިއްޔަތުތަކާއި، އޮނިގަނޑާއި، ވާޖުބުތަކުގެ ތަފުސީލެވެ.

ދައުލަތުގެ އިދާރާތަކުން މި މައުލޫމާތުތަށް ޝާއިއުކުރުމުން ދަނީ އިދާރާގެ ވެބްސައިޓުގަޔާއި، އިދާރާގެ އަހަރީ ރިޕޯޓުގައެވެ. އެސޯސިއޭޝަން ފޮރ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް (އޭ.ޑީ.އެމް) އިން ކުރިއަށް ގެންދިޔަ މަޝްރޫއެއްގެ ދަށުން ދައުލަތުގެ 73 އިދާރާއެއްގެ ޝާއިއުކުރުންތަކާއި ވެބްސައިޓުތަކުން މި މައުލޫމާތު ލިބެން ހުރިތޯ ބަލާ، އެ މައުލޫމާތުތައް ޝާއިއުކުރުމަށް ވަނީ ބާރުއަޅާފައެވެ. މި މަޝްރޫއުގެ ދަށުން ހޯދުނު ހޯދުންތައް ވަނީ އާރް.ޓީ.އައި 37 ރިޕޯޓުގައި ޝާއިއުކޮށްފައެވެ.

އޭ.ޑީ.އެމް އިން ދަނީ ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރޭތޯ ބަލާ، އެ މައުލޫމާތުތައް ހާމަކުރުމަށް ބާރުއަޅަމުންނެވެ. ވަކިވަކި ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމަށް މައުލޫމާތު ހާމަކޮށްފައިވާ މިންވަރުތައް ވަނީ ޕްރޮޖެކްޓް ޒިންމާދާރު ވެބްސައިޓުގައި ޝާއިއުކުރެވިފައެވެ.