ކޮމިޓްމަންޓް
ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މައުލޫމާތުތަކަކަށް އޯޕަން ޑޭޓާ ސިޔާސަތެއް ގެންގުޅުން
ސޯސް
އެސްއޭޕީ
ރިފަރަންސް
ސަބްސެކްޝަން 5.4، ޕޮލިސީ 1
އަދާހަމަކުރެވުނު ތާރީހް
25 އޯގަސް 2022
0
ފުލީ ރިއަލައިޒްޑް
މެކަނިސްމް ފޯ ރިއަލައިޒޭޝަން
މި އަމަލު ހާސިލުކުރުމަށް މަޖިލީހުން ކޮށްފައިވާ 4 ކަމެއް ފާހަގަކޮށްފައިވެއެވެ: 1. މަޖިލީހުގެ ޖަލްސާތައް ހިނގަމުންދާ ވަގުތު ޓީވީ ޗެނަލްތަކުން ވަގުތުން އެ ޖަލްސާތައް ދައްކާ، އަދި މަޖްލިސްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވް ސްޓްރީމްކުރުން؛ 2. ހުޅުވާލެވިގެން ބޭއްވޭ ކޮމިޓީ ބައްދަލުވުންތަކުގެ އޯޑިއޯ މަޖްލިސްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވް ސްޓްރީމްކުރުން؛ 3. މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކުގެ ހަންސާރުތައް މަޖުލީހުގެ ވެބްސައިޓުން ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުން؛ އަދި 4. ހުޅުވާލެވިގެން ބޭއްވޭ ހުރިހާ ކޮމިޓީ ބައްދަލުވުންތަކަކަށް އާންމުންނާއި މީޑިއާގެ މެމްބަރުންނަށް ބައިވެރިވުމުގެ އިންތިޒާމު ހަމަޖެއްސުން.
ބަޖެޓް
-
100%
ރިއަލައިޒޭޝަން
އޭ.ޑީ.އެމްއިން ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމަށް މައުލޫމާތު ހާމަކުރާ މިންވަރު ދެނެގަތުމަށް ހިންގި އާރް.ޓީ.އައި 37 މަޝްރޫއުގެ ރިޕޯޓު

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) 2019 – 2023 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިސްކަންދޭ ފަސް ދާއިރާއަކުން ތަފްސީލީ ތަރައްގީގެ އެޖެންޑާއެއް ހިމަނާފައިވެ އެވެ. އިސްކަންދޭ ކޮންމެ ދާއިރާއެއްގައި ތަންފީޒުކުރާ އިދާރާތަކުގެ ލިސްޓެއްގެ އިތުރުން ޓާގެޓްތަކާއި ސްޓްރެޓެޖީތަކާއި ފިޔަވަޅުތަކާއި އެކަންކަން ތަންފީޒުކުރަން ރާވާ އަހަރުތަކުގެ ތަފުސީލު ހިމެނެއެވެ
އެސްއޭޕީގެ އިސްކަންދޭ ދާއިރާ 5: ހެޔޮ ވެރިކަމުގައި ހިމަނާފައިވަނީ ހާމަކަން ބޮޑުކުރުމާއި، މައުލޫމާތު ލިބޭނެ ގޮތް އިތުރުކުރުމާ ސީދާ ގުޅުންހުރި ވައުދުތަކެކެވެ. މި ޢަމަލުތަކުގެ ތެރެއިން ފުރަތަމަ ބެލުނު ޢަމަލުތައް އެކުލެވިފައިވަނީ މަޖިލީހުގެ އޯވަރސައިޓާއި ޤާނޫނު ހެދުން ރަނގަޅުކުރުމަށް ސިޔާސަތުތައް ބަޔާންކޮށްފައިވާ ޖަވާބުދާރީ ކުރަވިނިވި ދައުލަތެއް ބިނާކުރުމުގެ ސަބްސެކްޝަން 5.4 ގައެވެ.
 
މަޖިލީހުގެ މަޝްވަރާތަކާއި މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ކުރުމަށް ސްޓްރެޓެޖީ 1.2 ގެ ދަށުން، އެކްޝަން 1.2އޭ އަކީ މަޖިލީހުގެ އެންމެހާ ކަންކަން (ތަޅުމުގެ މަޝްވަރާތަކާއި ކޮމިޓީ ބައްދަލުވުންތައް ހިމެނޭގޮތަށް) ހާމަކަން ބޮޑުކޮށް، ގިނަ ބަޔަކަށް ވަދެވޭނެ ގޮތާއި ބައިވެރިވުން އިތުރުކުރުމަށްޓަކައި، މަޖިލީހުގެ ހުރިހާ މައުލޫމާތަކަށް އޯޕަން ޑޭޓާ ސިޔާސަތެއް އެކުލަވާލާ ތަންފީޒުކުރުމެވެ.